logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އިލްޔާސް ލަބީބާއި ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ކެމްޕޭނުގައި

ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރާނަން: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކެއް ޕްރައިވަޓައިޒް ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގުމަކީ އޭނާގެ ސަރުކާރެއްގައި ކުރާނެ ކަމެއް ނޫންކަމަށެވެ.

އިލްޔާސް ވިދާޅުވީ އެކުންފުނިތަކުގައި ހުރި ސަރުކާރުގެ ހިއްސާ ދޫކޮއްލައްވާނެ ކަމަށާއި އޭރުން އެ ކުންފުނިތައް ވެގެން ދާނީ ރައްޔިތުންނަށް މަންފާ ކުރާނެ ކުންފުނިތަކަކަށް ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

"މިފްކޯ އާއި ފެލިވަރު ފަދަ ތަންތަނަކީ ސަރުކާރުން ހިންގަން ޖެހޭ ތަންތަނެއް ނޫން. އަޅުގަނޑުމެން އެތަންތަން ދޫކޮށްލާނަން، އެތަންތަން ސަރުކާރުން ބޭރުކޮށްލާނަން. ބޭރުކޮށްފައި އަމިއްލަ ފަރާތްތަކަށް އަދި ރައްޔިތުން ހިއްސާވާ ގޮތަށް އެ ކުންފުނިތައް ދޫކޮށްލާނަން." އޭނަ ވިދާޅުވި އެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ވަނީ ކުންފުނިތައް ހިންގާ ވިޔަފާރި ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ