logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ތައިލެންޑުގެ ބަޑިބޭސް ގުދަނެއް ގޮވައި ނުވަ މީހަކު މަރުވެއްޖެ!

ތައިލެންޑުގެ ދެކުނުގައި ހުންނަ ބަޑިބޭސް ގުދަނެއްގައި ހޮނިހިރު ދުވަހު ހިނގި ބޮޑު ގޮވުމެއްގައި ނުވަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނަރަތިވާސް ޕްރޮވިންސްގެ ގަވަރުނަރު ސަނާން ޕޮންގަކްސޯން ޕަބްލިކް ބްރޯޑްކާސްޓަރު ތައި ޕީބީއެސް އަށް ވިދާޅުވީ 115 މީހަކަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެތައް ބައެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި ކައިރީގައި ދިރިއުޅޭ ގާތްގަނޑަކަށް 500 އާއި 800 އާ ދެމެދުގެ އަދަދަކަށް މީހުން ވަގުތީ ހިޔާއަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

އެ ސައިޓުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައިވެއެވެ. އިމާރާތްތަކަކާއި ކާރުތަކާއި ސައިކަލުތަކުގެ ވަނީ ހަލާކުވެފާއެވެ. އޭގެ ތެރެއިން ގިނަ ގެތަކާއި އެހެނިހެން އިމާރާތްތަކުގެ ފުރާޅުތަކާއި ފާރުތައް ވަނީ ވެއްޓިފައެވެ.

އަދި އެ ސަރަހައްދުގައި ހުރި ގާތްގަނޑަކަށް 100 އެއްހާ ގެތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން އިން ބުނެއެވެ.

ލޯކަލް ގަވަރުނަރު ސަނާން ވިދާޅުވީ ގުދަނުގައި ރޯވީ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މެޓަލް ވެލްޑިންގެ ސަބަބުން އެތެރޭގައި ރޯވޭ ގޮވީ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *