logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފުވައްމުލަކުގައި އާންމުންގެ ބަޔަކާ ފުލުހުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

ހަމަނުޖެހުން ފެށުނީ ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާ ނިންމާލިތާ ކުޑަވަގުތު ކޮޅެއް ފަހުން އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގާއުކުމުން އެ މީހުން މައިތިރިކުރަން ފުލުހުން މަސައްކަތް ފެށުމާ އެކުގައި ކަމަށް މަންޒަރުދުއް މީހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަތަރު ފުލުހަކަށާއި ބައެއް އާންމުންނަށް އަނިޔާވެ ފުވައްމުލަކު ހޮސްޕިޓަލްގައި 3 ފިރިހެން ފުލުހުންނާއި އަންހެން ފުލުހަކަށް، ފަރުވާ ވެސް ދީފައިވެއެވެ.

އެސްއޯ ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް މިހާރު ދައުރު އެބަވެ އެވެ. އަދި ވެއްޓިފައިވާ އާންމުންގެ މީހަކު ނަގައިގެން ފުލުުހުން ގެންދާ މަންޒަރު ވެސް އެއް ވީޑިއޯއަކުން ފެނެ އެވެ.

ރޭގެ ހަމަނުޖެހުން ތަކުގައި ހައްޔަރުކުރި މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުވައްމުލަކުންް މައުލޫމާތު ލިބެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *