logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: އިމާދުއްދީން ސްކޫލް

ޓީޗަރުންނަށް ސްކޫލް ހުޅުވިއްޖެ

ދިރާސީ އާ އަހަރުގެ ކިޔެވުން މިމަހު ހައެއްގަ ފަށުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން، ޗުއްޓީ ނިންމާ މިއަދު ވަޒީފާއަށް ނިކުމެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ވާ ގޮތަށް މިއަދު ހެނދުނު ޓީޗަރުން މަސައްކަތައް ނުކުތުމުން ސްކޫލްތަކު ވަނީ އެކަން ފާހަގަކޮށްފައެވެ.

މިއަދު ޓިޗަރުން މަސައްކަތަށް ނިކުމެފައިވާ އިތު މިއީ ޓިޗަރުންނަށް ލައިސަންސް ދިނުމުގެ ގަވައިދަށް އަމަލުކުރަން ފެށިފަހުން ފުރަތަމަ ދިރާސީ އަހަރެވެ.

އެޑިއުކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވެފައިވަނީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ބޭނުމަކީ އެ މީހުންގެ ފެންވަރު ކަށަވަރު ކުރުމާއި ކުދިންނާއި ބެލެނިވެރިންގެ އިހުތިރާމާއި ލޯބި ލިބިދޭ ބަޔަކަށް ހެދުން ކަމަށެވެ. ކިޔަވައިދިނުމަށް ލައިސަންސް ދެނީ ވެސް ވަކި މުއްދަތަކަށް ވާތީ، ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އާތިޔާ ވިދާޅުވިއެވެ.

ބޮޑު ޗުއްޓީއަށްފަހު އާ އަހަރެއްގެ ކިޔެވުން ފަށާއިރު، ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ