logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާގައި ހިންދުންނާ މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފަސް މަރު

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ދެ ފުލުހުން ހިމެނޭހެން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދީފިއެވެ.

ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ނިއު ދިއްލީއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ނޫހް ސަރަހައްދުގައި ހިންދޫންގެ ދީނީ ހިނގާލުމެއް ހިނގަމުން ދަނިކޮށެވެ.

ނޫހް ފުލުހުންގެ ތަރުޖަމާނު ކްރިޝަން ކުމާރު ރޮއިޓާސްއަށް ވިދާޅުވީ މި ހިނގާލުމަކީ އެއް ފައްޅިން އަނެއް ތަނަށް ދިއުމަށް ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށާއި ނަމަވެސް މަގުމަތީގައި ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ.

އަދި މަރުވި މީހުންގެ ތެރެއިން ދެ މީހުންނަކީ މަދަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް އެހީތެރިވެދޭ ވޮލަންޓަރީ ފޯސްއެއް ކަމަށްވާ ހޯމްގާޑަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަނުޖެހުންތަކުގައި އިތުރު 10 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހޯމަ ދުވަހުގެ ރެއާ ހަމައަށް ހަމަނުޖެހުންތައް އިތުރުވެ ރޭ ދަންވަރު މިސްކިތެއްގައި ރޯކޮށްލައި އެކަކު މަރުވެ، އެކަކު ޒަހަމްކޮށްލިއެވެ.

ހޯމަ ދުވަހުގެ ރޭ ބައެއް ކާރުތަކުގައި ރޯކޮށްލުމާ ގުޅިގެން އަންގާރަ ދުވަހު ސްކޫލްތަކާއި ކޮލެޖުތައް ބަންދުކުރަން އަންގާފައެވެ.

"ހަމަލާދިން މީހުން (މިސްކިތުގައި ރޯކޮށްލި މީހުން) ވަނީ ދެނެގަނެފައި،" ގުރްގާއޯން ފުލުހުން އަންގާރަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ، އަޅުކަންކުރާ ތަންތަނުގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ