logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފީވަކާއި ފޭދޫ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ށ. ފީވަކާއި ފޭދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުވައިދެއްވި ށ. ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެންޓް ޖެހުމާއި އެއްގަމުތޮށި ޖެހުން އަދި ޕޭވްމަންޓާއި ބަނދަރުބައްތިފަދަ ބަނދަރާ ގުޅޭ އެކި މަސައްކަތްތައް ކޮށްފައިވެއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައި ނިމިފައިވާއިރު، ރައީސް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ހިދުމަތްތައް ދަނީ އިފްތިތާހް ކޮށްދެއްވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ