logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
އިލްޔާސް ލަބީބް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

މީހެއްގެ ދަށެއް ނުވާނަން، ނަމަވެސް އެންމެންގެ އިރުޝާދު ހޯދާނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ވެރިކަމެއްގައި އެއްވެސް މީހެއްގެ ދަށެއް ނުވާނެ ކަމަށާއި ނަމަވެސް ކަންކަން ނިންމާނީ އެންމެންގެ މަޝްވަރާއާއި އެކުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ނިންމަން ޖެހޭ ނިންމުންތައް ނިންމާނީ އަމިއްލައަށް ކަމަށާއި އެހެންނަމަވެސް ލަފަޔާއި އިރުޝާދު ހޯއްދަވާނެ ކަމަށެވެ.

"ގަނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއް އަދާ ކުރުމުގަ ނިންމުންތައް ނިންމާނީ އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު. އަޅުގަނޑު ދެއްނެވިގެން ލަފަޔާއި އިރުޝާދު އަޅުގަނޑު ހޯދާނަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަކީ އޭނާގެ ސިޔާސީ ހަޔާތުގައި ދުށް އެންމެ ދުރުވިސްނުންތެރިކަމާއި އެކު ކަންކަން ރާވާއި ހިންގަވާފައިވާ ބޭފުޅާކަމަށާއި އަދި މިހާރުވެސް ހިންގަވާ ބޭފުޅާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ އިރުޝާދު ކަންކަމުގައި ހޯއްދަވާނެކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

އިގްތިސޯދީ ކަންކަމުގައި އިގްތިސޯދީ މާހިރުންގެ ލަފާ އަޑުއައްސަވާނެ ކަމަށާއި ރައްޔިތުންގެ ލަފާވެސް ކަންކަމުގައި ހޯއްދަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މީހެއްގެ ދަށުވެފަހުރި ވާހަކަ ބުނީ އެހެން މީހެއް ނޫނޭ ތިމާ އަމިއްލައަށޭ. މިހާރު މީހުންގެ ފާޑުކިއުން އަމާޒުވީމަ ތިޔަ ހަދާ ދޮގެއް މީހަކު ޤަބޫލެއް ނުކުރާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *