logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައީސް ޔާމީން. -- ފޮޓޯ: މިހާރު

ޔާމީންގެ ކެންޑިޑެސީ މައްސަލަ މާދަމާ އަށް ތާވަލްކޮށްފި

ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ވަކީލެއް ކަމަށްވާ އަބްދުﷲ ސިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ސުޕްރީމްކޯޓަށް ހުށަހެޅި ޤަޟިއްޔާއާ ގުޅިގެން މާދަމާ މެންދުރު 14:30 ގައި ސުޕްރީމް ކޯޓުގައި އަޑުއެހުން ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.

އީސީން ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމު މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހުށަހެޅުމުން، އެދުވަހުގެ ހަވީރު ޝަރުތު ހަމަނުވާ ކަމަށް ބަލައި ފޯމު ރިޖެކްޓް ކޮށްފައެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކޮށްފައިވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއާއި ހަވާލު ކުރީ އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. މި ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް އެވެ.

ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައިސްފައިވުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ