logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ސައުތުލައިން ބޯޓު ފަރަށް އަރާ ފަޅައިގެންގޮސް ދިޔަވަނީ

މާލެއާއި އައްޑޫ، ހުވަދޫ އާ ދެމެދު ދަތުރުކުރާ ސައުތްލައިން ބޯޓު ފަރަކަށް އަރައި ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނީ ސައުތްލައިން ބޯޓު ގއ. ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މައުލޫމާތު މިރޭ 20:15 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސައުތުލައިން ބޯޓަކީ، ހުވަދު އަތޮޅުގެ ރައްތަކާއި، ފުވައްމުލަަށް އަދި އައްޑޫ ސިޓީއަށް ގިނައަދަދެއްގެ މުދާ އުފުލާ ބޯޓެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ