logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޓްރާންޝިޕްމަންޓާއި، ރީއެކްސްޕޯޓުގެ ވިޔަފާރިއަށް ހާއްސަ ކުންފުންޏެއް އުފައްދަނީ

ރާއްޖޭގެ ރީ-އެކްސްޕޯޓުގެ ކަންކަން ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ޚާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމާފައިވާކަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ޙާއްސަކޮށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނި ވެގެންދާނީ %100 ދިވެހި ކުންފުންޏަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ޕޯސްޓުގައި މިފަދަ ނިންމެވުމެއް ނިންމެވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ މަރުޚަބާ ދަންނަވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ