logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަަށް އާރްޑީސީއިން ސާވޭ ކުރަނީ

ވިލިމާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށްޓަކައި ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށޫން ތަރައްގީކުރަން ނިންމާފައިވަނީ ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތަކެވެ.

މަޝްރޫއުއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮންސްްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ، މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.

މަގުތައް ހަދާ އިރު ކަރަންޓާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު މަޝްރޫއެއް ފަށައި ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ސާވޭއެއް ކުރަނީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދައި، ހަދަންޖެހޭ މަގުތައް ދެނެގަތުމުގެ ގޮތުން ކަމަށް  މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވި އެވެ.

"ބޭނުމަކީ ރަށު ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް ވީހާ ވެސް ރަނގަޅު ފެންވަރަކަށް މަގުތައް ހަދާފަ، ހިތްގައިމު ތަނެއްގެ ގޮތުގަ ވިލިމާލެ ބޭއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1.79 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ