logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Photo:MNN

ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޖެހެނީ އެ އެއާޕޯޓު ބަލަހައްޓާ ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ކޮންސްޕްޓް އަދި ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ހެދުމާއި
ފެސެންޖަ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުދަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަނީ ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަޝްރޫއަކީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، މަސައްކަތް ފެށުން ކަމުގައި ވިދާޅުވެފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އީއޯއައި ހުށަހެޅަންޖެހޭނީ ޖެނުއަރީ 9، ގެ ނިޔަލަށެވެ. މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އާރްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓްކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ