logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ދެވަނަ ޓާމްގެ ކިޔެވުމާއެކު ހުރިހާ ސްކޫލްތަކެއްގައި ގައުމީ ސަލާމް ކިޔަން ފަށައިފި

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށްފަހު، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން އެސެމްބްލީގައި ގައުމީ ސަލާމް ކިޔަން ފަށައިފިއެވެ.

ފުރަތަމަ ޓާމަށްފަހު ދަރިވަރުން 17 ދުވަހުގެ ޗުއްޓީއަކަށް ދިޔައީ މިދިޔަ މަހުގެ 21 ގައެވެ.

އެގޮތުން މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދެވަނަ ޓާމްގެ ކިޔެވުން ގައުމީ ސަލާމުން ފަށާފައެވެ. އަދި މީގެ ފަހުން ކޮންމެ ދުވަހަކު ވެސް ދެން ގައުމީ ސަލާމް ކިޔާން ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ރައީސް ޑރ. މުއިއްޒު ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށާއި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މި އަހަރު 84،200 ދަރިވަރުން ކިޔަވަމުން ގެންދާއިރު، ފުރަތަމަ ޓާމްގައި ވަނީ 93 ދުވަސް ކިޔަވާފައެވެ. އަދި ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައި ދޭނެއެވެ.

މި އަހަރަކީ، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާނެ އެންމެ ފަހު އަހަރެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ކިޔެވުން އަނެއްކާ ވެސް ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޖުމްލަ 216 ސްކޫލެއްގައި ދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 6 ވަނަ ދުވަހުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *