logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، / ޔެލޯވިލާ، އަދުނާނު (54އ) އެވެ.

ފުލުހުން ބުނީ އަދުނާނު ހޯދަމުންދަނީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިއަދު ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވާ ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ