logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

’ފޮރެސްޓް' ގެ ރީތި ސިފަ ލިބިފައިވާ، ހދ. ކޭލަކުނަށް އިކޯ ޓޫރިޒަމް ތައާރަފްކުރަނީ

"ޓްރޫ ފޮރެސްޓް" ނުވަތަ ޖަންގައްޔެއްގައި ހުންނަ ސިފަތައް ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ރަށް ކަމަށްވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ، ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، ގައުމަށް ވަންނަ ފައިސާ އިތުރުކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ އަދި އެމަނިކުފާނު ޗެއާކުރައްވާ ވިޒިޓާ އިކޮނޮމީ ކައުންސިލުންނެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވިސްނަނިީ ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅަން ކަމަށެވެ.

"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް މި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ މަޝްވަރާގައި ވަނީ ނިންމާފަ،" އޭނާ ވިދާޅުވި އެވެ.

މީހުން ދިރިނޫޅޭ ކޭލަކުނަކީ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ. 2017 އިން ފެށިގެން އެއީ ހިމާޔަތް ކުރެވިފައިވާ ރަށެކެވެ.

އެ ރަށުގައި ރިސޯޓެއް ހަދަން 2017 ވަނަ އަހަރު ވެސް ހުޅުވާލި އެވެ. ނަމަވެސް، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން އޭރުގެ ސަރުކާރުން އެކަން ހުއްޓާލިއެވެ.

ހދ.ގެ ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓާ ވަރަށް ކައިރީގައި އޮންނަ ކޭލަކުނަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އެ ރަށުގައި އޮންނަ ބިޔަ ޖަންގަލީގެ ފޮޓޯތައް އާންމުވުމާ އެކު އެވެ. އެރަށުގައި އޮންނަ ބޮޑު ބިޔަ ޗަސް ބިމުގައި ރާއްޖޭގެ އެހެން ތަންތަނުން ނުފެންނަ ގަސްތައް ހުރެއެވެ. އަދި ޒަމާންވީ ބިޔަ ބޮޑު ޖަންގަލީ ގަސްވެއް ހުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ