logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެއާޕޯޓް މަޝްރޫއަށް ޗައިނާގެ އެހީ ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނަކަށް ހެދުމަށްޓަކައި މިހާރު ފަށާފައިވާ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއަށް ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއު ކަމަށެވެ.
"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން މި މަޝްރޫއުތައް ހޯދުމާއި، ޕާޓްނާޝިޕްތައް ނެގުމަށް ސަރުކާރުން ވަރަށް ބޮޑަށް ޝައުގުވެރިވޭ،" ރައީސް ވިދާޅުވި އެވެ.
ވީއައިއޭގެ ތަރައްގީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ޗައިނާގެ އެހީ ލިބޭތޯ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވީއައިއޭގައި މިހާރު ބޭނުންކުރާ އާ ރަންވޭ އަކީވެސް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން ހަދާފައިވާ ރަންވޭ އެކެވެ.
ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް މިސަރުކާރުން އެކުލަވާލަން ނިންމާފައިވާ މާސްޓާ ޕްލޭންގެ ދަށުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ