logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކު އެއާޕޯޓް އަޅަން ނިންމައިފި

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް ހަދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ބެއްވި ބިޒްނެސް ފޯރަމްގެ ތެރެއިންނެވެ.

ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންދާއިރު، އެއާޕޯޓް އެޅުމުގެ މި އާ މަޝްރޫތައް ފަށާ ސަރަހައްދުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ދާދިފަހުން ވަނީ ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްގީކުރުމަށް ނިންމައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރާއްޖޭގައި މިވަގުތުވެސް އިންވެސްޓުކުރާ ޗައިނާގެ ކުންފުނިތަކާއި ޗައިނާގައި އިންވެސްޓުކުރާ އެގައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް ހާމަކޮށްފައެވެ. އެގޮތުން 11 މަޝްރޫއޫއަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި، އައްޑޫ ބްރިޖު މަޝްރޫއާއި، ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުމުގެ މަޝްރޫއާއި، އިހަވަންދިއްޕޮޅު ތަރައްގީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއޫތައް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ