logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަމީނީމަގުގެ ފަހު 2 ސެގްމެންޓްގެ ބައެއް މިއަދު ހުޅުވާލައިފި

މާލޭގެ އަމީނީ މަގު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެންމެ ފަހު 2 ސެގްމަންޓްގެ ވަކި ސަރަހައްދެއް އާންމުންނަށް މިއަދު ހުޅުވާލާފިއެވެ.

މިއަދު ހެނދުނު 6 އަކުން ފެށިގެން އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން ވަނީ ޓްރެފިކަށް ހުޅުވާލެވިފައެވެ.

އާރްޑީސީން ބުނި ގޮތުގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 އާންމުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއްކޮށް ހުޅުވާލާނެއެވެ. އަދި މިހާރު ކުރަމުންދަނީ މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކުރީގެ ސަރުކާރުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް މި މަސައްކަތް މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މެދުކަނޑާލުމުން ބާކީ 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތެވެ.

އެއަށްފަހު މި 2 ސެގްމެންޓުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީން މިމަހުގެ 7 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެކުންފުނިން މި މަސައްކަތް ފުރިހަމަކޮށްފައިވަނީ މަސައްކަތް ފެށިތާ 28 ދުވަހުންނެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 13 ސެގްމަންޓަކަށް ބަހާލައިގެން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ