logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހަސަން ކުރުސީ އެކައުންޓާ ދަރިކަނބަލުން މީރާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ނަޝީދު ވިދާޅުވެއްޖެ

ހަސަން ކުރުސީގެ ނަމުގައި 'އެކްސް' ގައި ހިންގާ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން ލައިލާ މީރާ ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ދެކެވޭ ވާހަކަތައް ރައީސް ނަޝީދު މިއަދު ދޮގުކުރައްވައިފި އެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްވުމުގައި، ހަސަންކުރުސީގެ އެކަައުންޓުން އިންޑިއާއާ ދެކޮޅަށް ޕޯސްޓް ކުރާތީ އިންޑިއާ މީހެއްކަމަށް ބެލެވޭ މީހަކު ވަނީ އެ އެކައުންޓަކީ މީރާ ޔޫކޭގައި ހިންގަވާ އެކަންޓެއްކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަސަން ކުރުސީ އެކައުންޓު ހިންގަނީ އެ މަނިކުފާނު ނޫންކަމަށާއި އެ އެކައުންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެ މަނިކުފާނުގެ ދަރިކަނބަލުންގެ ވެސް އެއްްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ. 

"އަދި އެ އެކައުންޓުން ފަތުރަމުންދާ އިންޑިއާއާ ދެކޮޅު ހިޔާލުތަކަށް އަޅުގަނޑު ތާއީދެއް ނުކުރަން،" ނަޝީދު އިތުރަށް ވިދާޅުވެފައިވެއެވެ.

ކުރުސީ އެކައުންޓް ހިންގަވަނީ އެމަނިކުފާނު ނޫންކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރުސީ އެކައުންޓްގެ ހަގީގަތް ހޯދުމަށް އެދިވަޑައިގެން މަައްސަލަވެސް ހުށަހެޅުއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *