logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް ވިދާޅުވިގޮތަށް މިހަފްތާތެރޭ ފްލެޓް ލިޔުން ދޭން މިނިސްޓްރީއިން ދެކޮޅުހަދައިފި

ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ހައުސިން ސްކީމްގެ  ރަޖިސްޓްރީ މި ހަފުތާގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ހަފްލެޓު ލިޔުން ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން މައްސަލަ ބަލައި އެންގުމުން ކަމަށް ހައުސިން މިނިސްޓްރީއިން ރޭ ބުނެފިއެވެ.

ގެޒެޓުކޮށްފައިވާ ލިސްޓުގައިވާ ގޮތަށް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ މިހަފްތާގެ ނިޔަލަށް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ 2، 2024 ގަ އެވެ.

ނަމަވެސް ރޭ ހައުސިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ފްލެޓް އެގްރިމެންޓް ހަވާލު ނުކުރާނެ ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ ، މިނިސްޓަރު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތަށް ފްލެޓް ދޭނީ އޭސީސީ އިން މައްސަލަ ނިންމުމުން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ނޮވެމްބަރު 19، 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭސީސީން މި ސްކީމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާތީ ކަމަށެވެ. އޭސީސީ އަށް ގާނޫނީ ގޮތުން އެއްވެސް އިދާރާ އަކުން ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމުގެ ބާރު ލިބިފައި ނުވާކަން އެ ދުވަހު ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ، ފްލެޓް ދިނުމުގެ މަަސައްކަތް އަލުން ފަށާނީ އޭސީސީއިން ހުއްދަ ދިނުމުން ކަމަށެވެ.

ފްލެޓުތަކުގެ ލިޔުން ހަވާލު ކުރުން ހިފަހައްޓައި މިނިސްޓީއިން ވަނީ  ގޯތީގެ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ