logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ވޭޕް ކާޓްރިޖްތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުުލުހުން ބުނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވެއެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދުއްވާ ސައިކަލު ބަލައި ފާސްކުރި އިރު އެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ. އަދި އަންހެން މީހާ ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *