logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވިއްސާރައިގައި ފަޅެއްގައި އަޅާފައި އޮތް މަންޓާ ސީޕްލޭނަކަށް ގެއްލުންވެއްޖެ

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި، މާލެ އަތޮޅު ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއާގެ ސީޕްލޭން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯއަކުން ފެންނަ ގޮތިގައި ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކަނޑު ގަދަވުމުގެ ސަބަބުން ބޯޓުގެ އެއް ފިޔަގަނޑު އެއްގަމުގައި ޖެހެމުންދާ މަންޒަރު ފެނިގެންދެއެވެ.

މި ބޯޓަށް ގެއްލުންވެފައިވާ ވީޑިއޯއެއް މިއަދު ޝޯޝަލް މީޑިއާގައި ދައުރުވާން ފެށި ނަމަވެސް، މިކަން ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި މިއީ ބުދަ ދުވަހުގެ ރޭ މޫސުން ގޯސްވެ މާލޭ ސީޕްލޭން ޓާމިނަލް ބަންދުކޮށްފައި އޮތުމުން، މާލެ އަތޮޅު ފަޅެއްގައި އަަޅާފައި އޮއްވައި ލިބުނު ގެއްލުންތަކެކެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާކުރަމުންދާތީ މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އަދި މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހެމުންދާތީ މަގުތައް ފެންބޮޑުވެ، އެމްއެންޑޫއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *