logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މޫސުން ގޯސްވެ ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ

ރާއްޖެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެއާޕޯތަށް ފްލައިޓްތަށް ޖެއްސުމުގައި ދަތިތަކެއް ދިމާވެ ބައެއް ފްލައިޓްތައް ޑިލޭ ވަމުންއެބަދެއެވެ.

އެމްއޭސީއެލް އިން މީޑިއާއަކަށް ބުނެފައިވަނީ މޫސުން ގޯސްވުމުން ބައެއް ފްލައިޓްތައް ޑިލޭ ވެފައިވާ ކަމަށެވެ. އަދި ބައެއް ބޯޓުތައް ޖެއްސުމަށް ވަރަށް ގިނަ ވަގުތު ނަގާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ފްލައިޓްތައް ޓްރެކްކުރާ "ފްލައިޓްރާޑާ" އިން ދައްކާ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން ވަރަށް ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައި ވެ އެވެ.

ވެލާނާ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލް އިން ވެސް ފްލައިތް ޑިލޭވެފައިވާކަން އެނގެއެވެ.

ރ. އަތޮޅުން ފެށިގެން ލ. އަތޮޅުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށް ހުދު އެލާޓް ނެރެފައިވާ އިރު ކ. އަތޮޅުން ފެށީގެން ދ. އަތޮޅަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ