logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މާމިގިލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގެ ތެރެއިން އދ. މާމިލިގީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައު ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ ނައްތާލީ ބަނގުރާފުޅިތަކާއި ބިޔަރުދަޅުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި 11 އިން ފެށިގެން މި މަހުގެ 8 އަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުން އަތުން ނަގައި، އެމްއެންޑީއެފުން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 248 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 1،738 ފުޅިބަނގުރަލާއި 557 ދަޅު ބިޔަރެވެ.

މީގެ އިތުރުން، ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށްފައިވާ ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 9 ފުޅިބަނގުރަލާއި ބިޔަރުދަޅު ވެސް ނައްތައިލި އެވެ.

އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *