logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އާދަމް އާޒިމް

ތަފާތު ނުކޮށް، އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އެއްވެސް ފަރާތެއް ތަފާތުނުކޮށް އެންމެންގެ މޭޔަރަކަށް ވާނެ ކަމަަށް، މާލެ ސިޓިއަަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިްމ މިއަދު އެކްސްގައި ކުރެއްވި ޕީސްޓެއްގައި ވަނީ މާލޭ ރައްޔިތުން އޭނާއަށް އިތުބާރުކޮސް، އިންތިހާބް ކުރީތީ ޝުކުރު އަދާކުރައްވާފައެވެ.

" މާލެ ސިޓީ މޭޔަރ ކަމަށް އަޅުގަނޑަށް އިތުބާރުކުރައްވާ، އިންތިހާބް ކޮއްދެވެއްތީ ޝުކުރު ދަންނަވަން. އެއްވެސް ފަރަތެއް ތަފާތު ނުކޮށް، އަޅުގަނޑުވާނީ އެންމެންގެ މޭޔަރަކަށް. މާލެ ރަށްވެހިން، މާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލެ ޒިޔާރަތްކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެ އެއް ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ،  الله ގެ ހެޔޮރަހަމަތާ އެކު އަޅުގަނޑަށް ވާނެ، ކުރާނަން ޝުކުރީއްޔާ!" އާޒިމް ވިދާޅުވިއެވެ.

އާޒިމް މޭޔަރު އިންތިހާބު ކާމިޔާބުކުރެއްވީ 44.8 ޕަސެންޓު ކާމިޔާބުކުރައްވައިގެންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29.6 ޕަސެންޓެވެ.

އިއްޔެ އޮތް މޭޔަރު އިންތިހާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓުލާން ނުކުތީ 31 ޕަސެންޓު މީހުންނެވެ. އެއީ 17442 މީހުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ