logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަނަކަށް ޝަމްހޫޒާ އައްޔަންކޮށްފި

މާލޭ ވޯޓާ އެންޑް ސިވުރެޖް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އަހުމަދު އައްޔަނުކޮށްފިއެވެ.

ފެނުގެ ހިދުމަތާއި ނަރުދަމާގެ ނިޒާމު ބަލަހައްޓައިދޭ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނުކުރީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަމްހޫޒާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.

ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މައުސޫމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޑަބްލިއުއެސްސީ އުފެއްދީ އޭޕްރީލް 1، 1995، ގައެވެ. އެ ކުންފުނިން ފުޅީގައި ބަންދުކޮށްގެން ބޯފެން ވެސް އުފައްދައެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ވެސް އެ ކުންފުނިން ހިދުމަތްދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *