logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކާނަލް ނާޒިމްގެ ދަރިފުޅު ވުލާއު އެމްއެމްޕީއާރުސީ ގެ ބޯޑަށް އައްޔަން ކޮށްފި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޑައިރެކްޓަރުންގެ ބޯޑަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ދަރިކަނބަލުން އައިމިނަތު ވުލާއު މުހައްމަދު ނާޒިމް އައްޔަން ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ބޯޑަށް ވަލާއު އައްޔަން ކުރެއްވުމުން ކާނަލް ނާޒިމް ވަނީ އެކަމަށްޓަކައި ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތައުލީމީ ގާބިލް ޒުވާން އަންހެނުންނަށް މި ސަރުކާރުން ފުރުސަތު ދެއްވާ ކަމަށް ފާހަގަ ކުރައްވާ އެކަމަށްވެސް ނާޒިމް ވަނީ ރައީސް މުއިއްޒު އަށް ޝުކުރު އަދާކުރައްވާފައެެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 4 މާރޗް 2010 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

އަދި ކުންފުންޏެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވަނީ 14 އޯގަސްޓް 2011 ގައެވެ. ނަމަވެސް އެންމެ ފުރަތަމަ މި ކޯޕަރޭޝަންގެ މަސައްކަތް ކުރެވިފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ދަށުން އެ މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ