logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އޭޑީކޭ ހޮސްޕިޓަލް. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ހެލްތް މިނިސްޓްރީން އޭޑީކޭއަށް، ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

އޭޑީކޭ ހޮސްޕިޓަލުން ހޯދި ހިދުމަތްތަކަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހެލްތު މިނިސްޓްރީގެ މައްޗަށް 130،000 ރުފިޔާ، އެ ހޮސްޕިޓަލަށް ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިދިޔަ އަންގާރަދުވަހު މިގޮތަށް ހުކުމްކޮށްފައިވަނީ، އޭޑީކޭއިން ހޯދި ހިދުމަތްތަކަށް މިނިސްޓްރީ އޮފް ހެލްތުން ދައްކަންޖެހޭ 325،000 (ތިންލައްކަ ފަންސަވީސްހާސް) ރުފިޔާގެ ތެރެއިން 130،000 (އެއްލައްކަ ތިރީސްހާސް ރުފިޔާ) ނުދައްކައިގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.

މި ހިދުމަތްތައް ހޯދާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ހެލްތު މިނިސްޓްރީން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ 130،000 ރުފިޔާ ނުދައްކައި އޮތްކަމަށް އެނގެން އޮންނަކަމަށެވެ.

މި ފައިސާ ދެއްކުމަށް ހުކުމްގައި ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

އޭޑީކޭއަށް 130،000 ރުފިޔާ ދެއްކުމަށް ހެލްތް މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފައިވާއިރު، ފައިސާ ދައްކަންޖެހުނީ ކޮންކަހަލަ ހިދުމަތެއްކަން މި ގަޒިއްޔާގައި ބަޔާންކޮށްފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ