އައްޑޫ ސިޓީއާއި، 5282 ކިލޯމީޓަރު ދުރުމިނުންް، އިންޑިއާ ކަނޑުގައި ބިންހެލުމެއް އުފެދިއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރެއްވި ގޮތުގައި، 6.2 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ، ރޭ ދަންވަރު 3:09ގަ އެވެ.
An earthquake of magnitude 6.2 occurred in Indian Ridge. pic.twitter.com/6aabUj2b8e
— Maldives Meteorology (@MetMaldives) January 20, 2024
އިންޑިއަން ރިޖުގައި އުފެދުނު މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުފެންނަކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މިމަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫއާއި 894 ކިލޯމީޓަރު ދުރުން 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެ ބިންހެލުމުގެ ސަބަބުން ވެސް ރާއްޖެއަށް އަސަރެއް ނުކުރެއެވެ.