ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން މަރާމަތުކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފެންއަރުވާ ވަޑާން އަލުން ހުޅުވާނީ ކުރިއަށް ވުރެ ފުރިހަމަކޮށް ކަމަށާއި އަދި އެތަން މަރާމާތު ކުރަނީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ކަމަށެވެ.
Jumhooree maidhaanugai huri Fen Aruvaa Vadaan maraamaathukoh kuriahvure furihamakoh, roadhayah aammukoh hulhuvaalumah RJ @MMuizzu ge sarukaarun gendhanee masakkaiy kuramun. Mi ee @MTCCPlc ge #CSR ge dhashun hingaa khaassa project eh. pic.twitter.com/KHWCP30DgP
— Adam Shareef Umar (@Adamshareefz) January 20, 2024
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާން ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަން ހެދީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ފެންއަރުވާ ވަޑާމެކެވެ.