ކޮންމެ ހަފްތާއަކު ނެރެމުން ގެންދިޔަ ވީކްލީ ފިސްކަލް ރިޕޯޓް ޑިވެލިޕްމަންޓް ނުނެރެ އޮތުމަށްފަހު އަލުން ނެރެން ފަށައިފިއެވެ.
މިއަހަރު ފެށުނީއްސުރެ ނެރުން ހުއްޓާލާފައި އޮތް ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށާފައިވާކަން ހާމަކުރީ ރޭގައެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން މި ރިޕޯޓު އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 28 ގައެވެ. އެއަށްފަހު މި އަހަރުގެ މިހާތަނަށް ރިޕޯޓް ނެރެފައެއް ނުވެއެވެ. އޭރު ރިޕޯޓުތައް ނެރުން ހުއްޓާލި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ވެސް ނުވެއެވެ.
The Ministry has published the first two Weekly Fiscal Developments for the fiscal year 2024, after bringing in adjustments to the reporting system to reflect the Approved Budget 2024. The reports can be viewed on our website: https://t.co/QBffcd7NKx
— Ministry of Finance (@MoFmv) January 21, 2024
މި ރިޕޯޓުތައް އަލުން ނެރެން ފަށާފައިވާކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އައު އަހަރުގެ ބަޖެޓާއި އެއްގޮތަށް ރިޕޯޓު އާންމުކުރާ ނިޒާމަށް ބަދަލު ގެނެސް ރިޕޯޓްތައް އަލުން ޝާއިއު ކުރަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރިޕޯޓްތައް ފަސޭހަކަމާއެކު ފެންނަގޮތަށް ހުންނާނެކަމަށެވެ