logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން 36 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނިތޮގުގައި ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާއެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅެމުން އައި ވ. ލަކީސްޓޮޕުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:37 އާއިރު ކަމަށެވެ. ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ