logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
މ.މުލި

މުލީގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި

މ. މުލީގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރި ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސާލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ  ދިވެހި ފިރިހެނަކާއި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ”މިނިވަން” އަށް މައުލޫމާތުދެމުން ވިދާޅުވީ، މުލީގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގައިގައި ތަޅައި މާރާމާރި ހިންގި މައްސަލައެއް މިމަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީ އާއި ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އުމުރުން 24 އަހަރުގެ މީހާވަނީ ދޫކޮށްލާފައި ކަމަށާއި، އުމުރުން 29 އަހަރުގެ މީހާ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އާއިލާ ފަރާތުން އެދިފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު އެކަން ދޮގު ކޮށް މިނިވަން އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެއްވެސް ފުލުހަކު އެދިފައި ނުވާނޭ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ