logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މާލޭގެ ގެއަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

މާލޭ ގެއެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އޮތީ، މަރުވިތާ ގިނަދުވަސްވުމުގެ ސަބަބުން ވަރަށްބޮޑަށް ހަށިގަނޑު ހަލާކުވެފައެވެ.

މަރުވެފައި އޮތްވާ ފެނުނު މި މީހާގެ ޖިންސެއް އަދި އެއީ ކާކުކަމެއްވެސް އަދި ސާފެއް ނުވެއެވެ. މި މީހާ ފެނިފައިވަނީ ނިކަގަސްމަގުގައި ހުންނަ ގެއަކުންނެވެ. ފުލުހުން ވަނީ އެމީހާގެ ހަށިގަނޑު އެތަނުން ގެންގޮސްފައެވެ. ހަށިގަނޑު ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށެވެ.

އެ ސަރަހައްދުގައި ދިރިއުޅެމުންދާ ބައެއް މީހުން ބުނެފައިވަނީ އެއީ ޑޮކްޓަރަށް ދެއްކުމަށް މާލެ ފައިބާހުރި މީހެއްކަމަށެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެއީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި އޮތްކަން އެނގުނީ ހަބަރެއް ނުވެގެން ފުލުހުންނަށް 20:50 ހާއިރު ރިޕޯޓްކުރުމުން، ފުލުހުން އެ ގެއަށް އައިސް ބެލި ބެލުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *