logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މަޖިލިސް ތަޅުމުގައި މާރާމާރީ ވެސް ހިންގައިފި

މަޖިލިސް ތަޅުމުގައި މެމްބަރުން މާރާމާރީ ހިންގައިފި އެވެ.

މަޖިލިސް މެމްބަރުން މާރާމާރީ ހިންގާ ވީޑިއޯއަކުން ފެންނަގޮތުގައި ރިޔާސަތުގައި މަޖިލީހުގެ ރައީސް އަސްލަމް އިންނެވިއިރު، އޭނާގެ ވަށައިގެން ތިއްބެވި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް/ޕީއެންސީ މެމްބަރުންގެ މެދުގައި ވަނީ ގަޔަށް އަތްލާ، ވައްޓާ، މާރާމާރީ ހިންގާފައެވެ.

ބައެއް ވަޒީރުންނަށް ރުހުނު ނުދޭން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓަސް އިން ނިންމުމުން، ސަރުކާރަށް ތާއިދު ކުރާ، މެމްބަރުން ދަނީ މަޖިލީސް ފެށުމަށް ހުރަސް އަޅައި ހަޅުތާލުކުރަމުންނެވެ.

3:00 ގައި މަޖިލިސް ފަށަން އުޅެނިކޮށް، ރިޔާސަތު ވަށާލައި ޕީއެންސީ/ޕީޕީއެމް މެމްބަރުން ހަޅުތާލުކުރައްވަން ފެއްޓެވެމުން، އެހެން މެމްބަރުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި ހަމަނުގެޖުން އުފެދި މާރާމާރީ ވެސް ވަނީ ހިންގާފައެވެ.

މިއަދުގެ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރު މެމްބަރުން ތަޅުމުގައި ހިންގި ހަރަކާތުގައި މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

އެކަމުގެ ތެރޭގައި މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު މައިކުތައް ފޮރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކުރުމުން، މިއަދު މެންދުރު 1:30 ގައި ނެގުމަށް ތާވަލު ކުރި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ސަރުކާރު މެމްބަރުން ހުރަސް މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި، މިހާތަނަށް އައިއިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ނެގޭ ގޮތް ވެފައެއް ނުވެ އެވެ. މަޖިލިސް ބޭރުގައި އާންމުންނާއި ސަރުކާރުގެ އިސްވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ