logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން---

މިރޭވެސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް، މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވިގެން އެންމެފަހުން ހުއްޓާލައިފިއެވެ.

މިރޭގެ ޖަލްސާ ފަށާފައިވަނީ 8 ޖެހިއިރުއެވެ. މަޖިލިސް ފެށިތާ މާ ގިނައިރެއްނުވެ، ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޗެމްބަރު ދޫކުރައްވައި ވަޑައިގެންފައެވެ.

މިރޭގެ ޖަލްސާވެސް ހޫނުވެ، ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ ރިޔާސަތުގައި ބަހައްޓާފައިހުރި މައިކު އުފުރާލާފައެވެ. އެހެންކަމުން ޖަލްސާ ވަނީ ހުއްޓާލާފައެވެ.

ޖަލްސާ ކުރިއަށް ދިޔަ ވަގުތު ސަރުކާރަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ވަނީ މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ.

ޖަލްސާ ދޫކުރައްވައި ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއިން ނިކުތްވަގުތު ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބަޔަކު ވަނީ މެމްބަރު ރޮޒޭނާ އިންނެވި ސައިކަލް އެތަނުން ދަނިކޮށް ދިމާކޮށްފައެވެ. ރޮޒޭނާ އެތަނުން ވަޑައިގަތީ ސަލާމަތީ ބާރުގެ އެހީގައެވެ.

މިކަމާއި ގުޅިގެން ރޮޒޭނާ ދާދި ދެންމެއަކު އެކްސްގައި ވިދާޅުވީ މި ސަރުކާރުން އަންހެނުންނަށް ސަލާމަތާ ރައްކާތެރިކަން ނެތްކަކަން މިރޭ އެނގިއްޖެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް މަސައްކަތްކުރިއިރު، ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖަލްސާ، މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ހިނގާދިޔަ ހަމަނުޖެހުންތަކާހެދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިއަދު މަޖިލީހުގައި މެންބަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އަނިޔާވެސް ވެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *