logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އިސްލާމިކް މިނިސްޓަރު ޝަހީމް އަހާ ފޯރަމުގައި ވާހަކަދައްކަވަނީ

އިސްލާމިކް މިނިސްޓަރުގެ މަގާމަަށް ޑރ. ޝަހީމަށް ރުހުން ނުދިން

އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވުމަށް މަޖިލީހުން ރުހުން ނުދިނެވެ.

ރައީސް ޑރ. މުއިއްޒު އައްޔަނުކުރެއްވި ކެބިނެޓަށް ރުހުންދިނުމަށް، ދައުރުން ބޭރުން މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައ ވަކިވަކިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ވަނީ ވޯޓު ނަގާފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް ހުންނެވުމަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުން؛ 8 މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވާފައިވެއެވެ.

ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީމް ޝަރަފުވެރިކޮށްދެއްވަމުން ގެންދަވަނިކޮށެވެ.

މި ސަރުކާރުގެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެންމެ ހިންގުންތެރި އެއް ވަޒީރެއްގެ ގޮތުގައި ޑރ. ޝަހީމް ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ