logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
Soccer Football - AFC Asian Cup - Round of 16 - Qatar v Palestine - Al Bayt Stadium, Al Khor, Qatar - January 29, 2024 Palestine's Musab Battat remonstrates to the match officials referee after the match REUTERS/Ibraheem Al Omari

ފަލަސްތީނު ކަޓުވާލުމަށްފަހު ގަތަރު އޭޝިއަން ކަޕްގެ ކުއާޓަރ އަށް

އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ކުއާޓަރފައިނަލަށް ގަތަރު ދަތުރު ކޮށްފިއެވެ.

އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު މެޗްގައި ގަތަރު ކުއާޓަރ ފައިނަލަށް ދަތުރުކުރީ ފަލަސްތީނުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މިހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ކުއާޓާ ޖާގަތައް ދަތުރުކުރީ އޮސްޓްރޭލިއާއި ތަޖިކިސްތާނެވެ. ފޯރިގަދަކޮށް ކުޅެވުނު ރޭގެ މެޗްތަކުން ފަލަސްތީނު ކަޓާފައިވާއިރު އިރާގުވެސް ކަޓާފައިވަނީ ފޯރިގަދަ އަދި ވާދަވެރި މެޗަކަށްފަހު 2-3 ގެ ނަތީޖާއަކުން ޖޯޑަން އަތުން ބަލިވުމުންނެވެ.

މި މުބާރާތުގެ ދެވަނަބުރުގައި ކުއާޓާއިން ޖާގަ އެއް ހޯދުމަށް މިއަދުވެސް 2 މެޗް ކުޅެވޭނެއެވެ. އެގޮތުން ފުރަތަމަ މެޗްގައި މިއަދު ހަވީރު ރާއްޖޭގަޑިން 4:30 ގައި ބައްދަލުކުރާނީ އުޒްބަކިސްތާނާއި ތައިލޭންޑްއެވެ.

އަދި މިރޭ 9:00 ގައި ފަށާ މެޗްގައި ވާދަކުރާނީ ސައުދީ އަރަބިއްޔާ އާއި ސައުތު ކޮރެއާއެވެ. މިއީ މި މުބާރާތުގައި ކުޅޭވޭ އެންމެ ފޯރިގަދަ މެޗަށްވުން އެކަށީގެންވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *