މާލޭ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އިއްޔެ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި އެދިފައިވަނީ ޕާކިން ސްލޮޓުތަކާ ގުޅޭ ގޮތުން އެެއްވެސް ޝަކުވާއެއް އޮތް ނަމަ ފެބްރުއަރީ ފަހެއްގެ ކުރިން ޝަކުވާ ހުށަހެޅުމަށެވެ.
އަދި ޕާކިން ސްލޮޓު ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނުހަދާ ތިބި މީހުން ވެސް އެކަން ކައުންސިލަށް އަންގައިދިނުމަށް އެކައުންސިލުން އެދިފައި ވެއެވެ.
މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭ.
1) ޕާކިންގ ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ
ފަރާތްތައް.2) ޕާކިންގ ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް.
3)…
— Adam Azim (@adamazim) January 30, 2024
މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ގިނަ ޕާކިން ޖާގަތަކެއް ވަނީ ދޫކޮށްފައެވެ. މިކަމާގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ކުރަމުންދެއެެވެ.