logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

އެމްޑީޕީގެ ޕްރައިމަރީ: ކާށިދޫ ދާއިރާގެ ޓިކެޓު ޖާބިރަށް!

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޖާބިރަށް ލިބިއްޖެއެވެ.

ޖާބިރަށް ޓިކެޓް ލިބުނު އިރު މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ޕްރައިމަރީން ނާކާމިޔާބުވެފައެވެ.  ރޮޒައިނާ މިފަހަރު ވާދަކުރެއްވީ ފޭދޫ ދާއިރާއަށެވެ. ނަމަވެސް ރޮޒައިނާގެ ފިރިލަކަލުން ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒު ވަނީ ބޮޑު ތަފާތަކުން އެދާއިރާގެ ޓިކެޓް ހޯއްދަވާފައެވެ.

މީގެއިތުރުން އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައި ޓިކެޓު ކަށަވަރު ކުރައްވައިފައެވެ.

އަދި ކުޅުދުއްފުށީ އުތުރުދާއިރާގެ ޓިކެޓް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ކަށަވަރުކުރައްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ