logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައީސް ޑރ.މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ---- ފޮޓޯ/ރައީސް އޮފީސް

ކަނބަލުން ބާރުވެރިކުރުވުމަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ރާއްޖޭގެ އިގްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ކަނބަލުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު އަންނަ މާޗްމަހުގެ ތެރޭގައި ދޫކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ދެއްވި ތަގުރީރުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، އަންހެނުންނަށް ހާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލުއި ލޯނު، އަންނަ މރޗްމަހުގެ ތެރޭގައި ދޫކުރަން ފަށާނޭ ކަމަށެވެ.

މި ލޯނުގެ 25 އިންސައްތަ ހާއްސަ ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ކަނބަލުން ކުރަމުން އަންނަ އެކިއެކި މަސައްކަތާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކާއި އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ ޖަމިއްޔާތަކާއި ބައްދަލުކޮށް މަޝްވަރާކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މާކެޓުގައި ފައިނޭންސިންގ ބޭނުންވާ ދާއިރާތަކާގުޅޭ ގޮތުން ބޭސް އެސެސްމަންޓްއެއް ތައްޔާރުކުރުމާއެކު އެސް.ޑީ.އެފް.ސީ ގައި މިހާރު ހުރި ލޯން ޕްރޮޑަކްޓް މުރާޖަޢާކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ލޯން ޕްރޮޑަކްޓުގެ ކޮންސެޕްޓް ކަރުދާސް އެސް.ޑީ.އެފް.ސީ އިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ނިމިފައިވާއިރު، ޕްރޮޑަކްޓްއާ ގުޅޭގޮތުން އެސް.ޑީ.އެފް.ސީގެ ސިސްޓަމްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ