logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި

މަޖިލީހުގެ މުވައްޒަފުންނަށް ހައުންސިން ސްކީމެއް!

ރައްޔިތުންގެ މަޖިލީހުގެ މުއައްޒަފުންނަށް ހައުސިން ސްކީމެއްގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރަން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ދައުލަތުގެ އެކި ދާއިރާތަކަށް ހާއްސަކޮށްގެން ހައުސިން ސްކީމުތައް ހިންގި ނަމަވެސް، މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތުމުގެ ކަންބޮޑުވުން މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ސަރުކާރަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން (ހައުސިން ސްކީމެއް) އިންތިޒާމު ކުރެވެންޖެހޭނެ" އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށާއި، އެގޮތުން އެ މަސައްކަތް މުވައްޒަފުންނާއި އަމީން އާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ.

މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އެވްރެޖުކޮށް 20 ޕަސެންޓު މިހާރު ބޮޑުކޮށްފައިވާ އިރު އަސްލަމް ވަނީ ހައުސިން ސްކީމެއްގެ ޕްލޭނެއް އެކުލަވާލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ