logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރި ދުވަސްވަރު، ޓޫރިސްޓުންތަެކެއް ހުޅުވާމޭލައި ފޮޓީޯ ނަގަނީ. ޖެނުއަރީ އަށެއްގައި ޗައިނާ ހުޅުވައިލާނެ. ފޮޓޯ: ޗައިނީސް ޓޫރިސްޓް އެޖެންސީ

މިއަދު 10،213 ފަތުރުވެރިން، މިއީ ރެކޯޑެއް

ރާއްޖެއަށް މިއަދު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10،213 ފަތުރުވެރިންނާއެކު މިއަދަކީ ރާއްޖެއަށް އެއް ދުވަސްތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ދުވަސް ކަމަށެވެ.
މި ކާމިޔާބީއަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެއް ދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު 8،900 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެވަރެޖްކޮށް ދުވާލަކު 6،398 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ވަނީ 13 ޕަސަންޓް އިތުރުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ