logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ސަރުކާރުން އަޅަމުން އަންނަ ފްލެޓެޓް އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާތިލް ނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފައި: އެޗްއާރުސީއެމް

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި ފްލެޓްތަކުގެ މައްސަލައިގެ ތެރެއަށް އެންމެފަހުން ހިއުމަން ރައިޓްސް ކޮމިޝަނުން ވަދެފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމުން މިއަދު ބުނީ މި މައްސަލައިގެ ތެރެއަށް އެޗްއާރުސީއެމުން ވަންނަން ޖެހުނީ އޭސީސީން ބަލަމުންދާ ފްލެޓްތަކުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާކަމަށް ބުނެ އެޗްއާރުސީއެމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ މައްސަލާގައި އެ ކޮމިޝަނުން ބަލަނީ އިންސާނީ ހައްގުތަކުގެ ނަޒަރުން މިކަމުގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލަށް ކަމަށެވެ. އެގޮތުން މިކަމުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށާއި، މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައިވެސް ފްލެޓް ދިނުމަށް ނިންމާފައިވާ ލިސްޓް ބާތިލް ނުކުރާނޭކަމުގެ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިްނ ދީފައިވާކަމަށެވެ.

ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ބާތިލް ނުކުރާނޭކަމަށް އެޗްއާރުސީއެމުން ޔަގީންކޮށްދީފައިވާއިރު، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އޭސީސީއިން ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވާލުމަށްފަހު، އެ ކޮމިޝަނުން މިހާރު ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަދީފައެވެ. އޭގެ ފަހުން އިއްޔެ، ހައުސިން މިނިސްޓްރީއިން ބުނެފައިވަނީ އަލުން ލިސްޓު އެކުލަވާލާނެ ކަމަށެވެ.

މިކަމާ ގުޅިގެން އާއްމުންގެ ނުރުހުން ވަނީ ސަރުކާރަށް ވަރަށްބޮޑަށް އަމާޒުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *