logo minivan

English

ބުދަ, 18 ޑިސެމްބަރ 2024
Photo: Vaguthu

މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތެއްގެ 9 ވަނަ ބުރިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ އޭސީ މަރާމާތު ކުރަން އުޅުނު ބިދޭސީ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައިވަނީ ޗާންދަނީ މަގުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅި ތެރެއަށެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އައިޖީއެމްއެޗުންް ބުނެފައިވަނީ ވެއްޓި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެނައި މީހާގެ ހާލު ސީރިއަސް ކަމަށާއި އެމީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *