logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިއުލާން ނުކުރާ، އާންމުންނަށް ވާނުވާއެއް ނޭންގޭ ލިސްޓަކަށް ފްލެޓް ހަވާލުކުރަން ފަށަނީތަ؟

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީއަށް ހާޒިރުވެ ވާހަކަ ދައްކަވަމުންނެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ހާޒިރުކުރުމުން ވަޒީރު ހައިދަރު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހެއްކަމަށެވެ. އެއީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި 4،000 މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނެވެ.

އެހެން ނަމަވެސް އެއީ މުޅި ލިސްޓުގެ ކަމެއް ނުވަތަ ތަހުގީގު ބޭނުމަށް އޭސީސީން ބެލި އަދަދުގެ ތެރެއިން ފާހަގަ ކުރެވުނު ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މިވާހަކަ އަށް ފަހު ފްލެޓް ލިސްޓްގައި ހިމެނިފައިހާ އެތައް ބައެއްގެ ހިތުގައި ސުވާލލުތަށް ވަރަށް ގިނައެވެ. ފްލެޓް ލިސްޓްގައި ހިމެނިފައިވާ އެތަށް ހށް މީހުނެއް ހިމެނޭ ގްރޫޕް ތަކުގައި ފްލެޓްގެ ހައްގުވެރިން ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭ މީހުން ކުރި ސުވާލުތަކުގެ ތެރޭގައި

ޝަރުތު ހަމަވާ މީހުންނަކީ ކޮބާ؟ ޝަރުތު ހަމަވާކަން ނުވަތަ ނުވާކަން އިނގޭނީ ކިހިނެއް؟ ކުރިން ޝަރުތު ހަމަވެ މިހާރު ހަމަ ނުވާ ކަމަށް ކަނޑައަޅާނަމަ އެކަމުގައި ޖަވާބުދާރީންވާން ފުރުސަތު ލިބޭނެތަ؟

މިއީ އެންމެ ގިނައިން ފެނުނު ސުވާލުތަކެވެ. ކޮންމެއަކަސް މިސުވާލުތަކަކީ ހަމަ ހަގީގަތުގައިވެސް މުހިންމު ޖެނުއިން ސުވާލުތަކެވެ.

އަންނަ ހަފްތާގައި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމަށް ބުނާއިރު އެއީ ކޮން ބަޔަކަށް ކަން މިހާތަނަށް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. އަދި ސަރުކާރުން ވެސް ނުވަތަ އޭސީސީ އިންވެސް އެކަން އާންމުކޮށްފައެއް ނުވެއެވެ.

ފްލްޓް ދިނުމަށް ނިންމުމުގައި ހުރި ހެއްވާ ބައެއް ކަންކަން

އެފަދަ އެއްކަމަކީ އޭސީސީން އެކުލަވާލި ލިސްޓަކަށް ފްލެޓް ދޭނެކަމަށް މިނިސްޓްރީން ބުނުމެވެ. އޭސީސީ އެފަދަ ގާނޫނީ ހައިސިއްޔަތެއް އޮތް މުއައްސަސާއެއް ނޫނެވެ. އޭސީސީގެ މައްސޫލިއްޔަތަކީ ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ބަޔަކު ހިންގާފައިވާނަމަ އެކަމެއް ބަލާ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމެވެ.

ދެވަނަ ކަމަކީ މިނިސްޓްރީ އަށް ވެސް ކޮންޓްރޯލް ނެތި ގެދޮރުވެރިން މުޅި ޕޯޓަލް އޭސީސީ އަާއި ހަވާލު ކުރުމެވެ. އާންމުކޮށް މިނިސްޓްރީއަކުން ކުރާ ކަމެއްގައި ތަހުގީގެއް ހިންގަން އޭސީސީއިން ބޭނުންވާނަމަ އެ މިނިސްޓްރީއަކުން ދޭނީ އޭސީ ސީން އެދޭ މައުލޫމާތެކެވެ. ނުވަތަ އެކްސެސް ދޭނީ ކޮންޓްރޯލް ނުގެއްލޭގޮތަށް އަދި އުނި އިތުރެއް ވެސް ނުގެނެވޭގޮތަށް އެ މިނިސްޓްރީއަކަސް އެކަމެއްގެ ކޮންޓްރޯލް އޮންނަ ގޮތަށެވެ.

ނަމަވެސް މިކަމުގައި އިއްޔެ ވަޒީރު ދެއްކެވި ވާހަކައަށް ބަލާއިރު މުޅި ޕޯޓަލް ކޮންޓްރޯލް ކުރަނީ އޭސީސީންކަން ސާފުވެއެވެ.

 

އިއްޔެ ވަޒީރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށެވެ. އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަތުރު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ރާވަނީ މި އަންނަ ހަފުތާގައި މި މަސައްކަތް ފަށައި ގަނެވޭނެ ކަމަށް. އެއީ އަޅުގަނޑަށް އޭސީސީން މައުލޫމާތު ލިބިފައި އޮތް ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި އެކްސެސް ލިބޭނެއޭ އެކްސެސް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން އެމަސައްކަތް ފަށާނަން،" ހައިދަރު ވިދާޅުވި އެވެ.

އެ މަސައްކަތް ފަށާ ވީ އެންމެ އަވަހަކަށް ނިނއްމާލުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ދޮރުވެރިން ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުން އއިއުލާން ކުރީ ދައުރު ނިމެން ކުޑަތަންވެފައިވަނިކޮށެވެ. އަދި ހަމަ އެރޭ އެމަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައިވެއެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ ގާތްގަނޑަކަށް 20 އިންސައްތަ ފޯމުގަ އެވެ. އަދި އަނެއް 19 އިންސައްތަ ވެސް ޝަރުތު ހަމަވި ނަމަވެސް މައުލޫމާތުގެ ފުށުއެރުންތަކެއް އެ ފޯމް ތަކުގައިވެސް ހުރިކަމަށް އޭސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭސީސީއާއި މިނިސްޓްރީގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު ފްލެޓް ލިބޭނެ ކަމުގެ އުންމީދުގައި ފްލެޓް ލިބޭ ޓަވަރާއި ފަންގިފިލާގެ އިތުރުން ޔުނިޓް ނަމްބަރުވެސް އިނގޭ އެގްރީމަންޓެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ސޮއިކޮށްގެންތިބި 4000 މީހުން ތިބީ ވާއެއް ނުވާއެއް ނޭނގި ހަސްވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *