logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ މުހައްމަދު އަކްރަމް އަބްދުލްހަންނާން، ގދ. ހޯނޑެއްދޫ / ދޯދި، (34އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓްގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ސާޖަންޓް އާދަމް ޙަލީމް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، މިމަހުގެ 29 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *