logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފްރެންޑްސް ޕްރިންޓް 3 ވަނަ ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތ. މަޑިފުށީ ފްރެންޑްސް މާޓުން އިންތިޒާމްކޮށްގެން ބާއްވަން ހަމަޖެހިފައިވާ 3 ވަނަ ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރު "ފްރެންޑްސް މާޓް 2″ ނަމުގައި ބޭއްވި މި މުބާރާތުގެ ނަން މިއަހަރު ވަނީ "ޕްރެންޑްސް ޕްރިންޓް 3″ ވަނަ ރަމަޟާން ގުރުއާން މުބާރާތައް ބަދަލުކޮށްފައެވެ.

ފްރެންޑްސް މާޓްއިން ބުނި ގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތަތަކަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ 23:59 ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

މިއަހަރު ބާއްވާ މި މުބާރާތުގައި 7 އުމުރުފުރާއަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، އާންމުންގެ ބަޔަކާއި، އިމާމުންގެ ބަޔެއްގެ އިތުރުން ތަފާތު ގިރާއަތްތަކަށް ކިޔެވުން އޮންނާނެ ކަމަށް ފްރެންޑްސް މާޓްއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ދަންފަޅިތަކުގައި "ގުރުއާން ފޯރަމް" ނަމުގައި ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މި ލިންކް htBug9oGUUrpTe4Ny2Atps://forms.gle/ މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ފްރެންޑްސް މާޓުން ބުނީ މިފަދަ މުބާރާތްތަކުގެ މަގްސަދަކީ، ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖައްސައި، ގުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުން ކަމަށާއި، ކީރިތި ގުރްއާން ހިތުދަސް ކުރުމަށާއި، ތަޖްވީދުމަގަށް ގުރްއާން ކިޔެވުމަށް ހިތްވަރުދިނުމުގެ އިތުރުން ގުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން ކަމަށެވެ. މިއީ މަޑިފުށީގައި ފްރެންޑްސް މާޓް ފިހާރައިން އިސްނަގައިގެން މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.

މިއީ އެ ފިހާރައިން، ރޯދަމަހަށް ހާއްސަކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 102 ބައިވެރިން ބައިވެރިވިއެވެ. މި މުބާރާތަކީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރަތެއް ކަމުން ބައެއް އަތޮޅުތަކުގެ ރަށްތަކުން މި މުބާރާތަށް ބައިވެރިން މަޑިފުށްޓަށް އައިސް މުބާރާތުގައި ކިޔަވާފައިވާކަމީ މުބާރާތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *