ބ. ހިތާދޫ ޕޮލިސް ޕޯސްޓް މިއަދު ހުޅުވައިފިއެވެ.
އެތަން ހުޅުވަން ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ހިތާދޫ ކައުންސިލު ރައީސް އަބްދުލްއަޒީޒް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލި ކަމެއްނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ރާއްޖެއަކީ އެންމެނަށް އަމާން ރައްކާތެރި ތަނަށްކަށް ހެދުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުން އަންނަނީ ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އިއްޔެ ވަނީ ނ. އަތޮޅުގެ ދެ ރަށެއްގެ ޕޮލިސް ޕޯސްޓް ވެސް ހުޅުވާފައެވެ.
ފުލުހުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.