ކ. މާފުށި ފަޅުތެރޭގައި ގެނބުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މާފުށީ އެކްޓިވް ވޯޓާސްޕޯޓްސް އޭރިއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތްކަމުގެ މައުލޫމާތު މިއަދު 10:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި އެމީހާ ނަގައިގެން ފަރުވާދިނުމަށް މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް އެ ސެންޓަރުގެ ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި އެއީ ބިދޭސި އަންހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކާކު ކަމެއް އަދި ނޭނގެއެެވ.
ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށައި އިތުރު މައުލޫމާތު ލިބިނުވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.